Last Updated: June 15, 17:10
Sunday, June 15, 2025
ޚަބަރު

އައްޑޫން އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްއީއޯސީން ބުނީ ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ސ.ގަމުގައި ހޯމް ކަރަންޓީނުގައި ހުރި އުމުރުން 33 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ. އަދި އެމީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެޗްއީއޯސީން ބުނެއެވެ.

އައްޑޫން މިހާތަނަށް 75 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އެކަކު ފިޔަވައި ދެން ތިބި އެންމެން ވަނީ ބަލިން ރަނގަޅުވެފައެވެ.

އައްޑޫން މީގެކުރިން ވަނީ ރެންޑަމްކޮށް ވެސް ސާމްޕަލްތަކެއް ވެސް ނަގާފައެވެ. އެ ހުރިހާ ސާމްޕަލެއް ވެސް ވަނީ ކޮވިޑަށް ނެގެޓިވް ވެފައެވެ.