Last Updated: June 15, 17:17
Sunday, June 15, 2025
ޚަބަރު

މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 15 މީހުން

ކޮވިޑް19 އާ ގުޅިގެން ކުރިޔަށް ގެންދިޔަ ޑްރިލްގެ ތެރެއިން -- ފޮޓޯ / ވީނިއުސް

މިއަދު ރާއްޖެއިން 15 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 14 މީހަކާއި، އަތޮޅުތެރެއިން ރިސޯޓަކުން އެކަކު ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 13،213 އަށް އަރާފައެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 722 ކޭސް އެވެ. މި ބަލިން 12،437 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 70 މީހަކަށެވެ. މި ބަލީގައި 47 މީހަކު ވަނީ ނިޔާވެފައެވެ.