Last Updated: June 15, 13:34
Sunday, June 15, 2025
ޚަބަރު

މަގުމައްޗަށް ވެއްޓިފައި އޮތް ދިވެއްސަކަށް ފަރުވާދެނިކޮށް މަރުވެއްޖެ

މާލޭގެ މަގުމައްޗަކަށް ވެއްޓިފައި އޮތް ދިވެއްސަކަށް ފަރުވާދެމުންދަނިކޮށް މަރުވެއްޖެއެވެ.

ފުލުހުން ބުނީ ދެވިނާމަގުގައި އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު މިއަދު މެންދުރު 14:03 ހާއިރު ލިބިފައިވާ ކަމަށެވެ.

އެގޮތުން ފުލުހުން އެ ސަރަހައްދަށް ގޮސް ޕޮލިސް ވެހިކަލުގައި އެމީހާ އައިޖީއެމްއެޗަށް ގެންދިޔައިރު، އެމީހާ މަރުވެފައިވަނީ އައިޖީއެމްއެޗުގައި ފަރުވާދެމުންދަނިކޮށް ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.