Last Updated: June 15, 05:54
Sunday, June 15, 2025
ޚަބަރު

މަހަށް ގޮސް އުޅުނު މީހެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެ

ގއ.އެކަފަރުގެ އުތުރުން 1.5 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއްގެ ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ބުޅިއެއް ހެރިފައިވަނީ ގއ.މާމެންދޫ "ކޯމަސް" ދޯނީގެ ފަޅުވެރިއެއްގެ ލޮލަށް ކަމަށެވެ.

އެމީހާ އަކީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

އެގޮތުން މި ރިޕޯޓު ލިބުމާއި ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހެނދުނު 11:30 ހާއިރުއެވެ.