Last Updated: June 15, 18:01
Sunday, June 15, 2025
ޚަބަރު

އިތުރު 26 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

މީހަކު ކޮވިޑަށް ޓެސްޓު ކުރަނީ: ފޮޓޯ / ސަން

ރާއްޖެއިން މިއަދު ކޮވިޑް-19 އަށް 26 މީހުން ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 23 މީހަކާއި، ރިސޯޓަކުން އެކެއްގެ އިތުރުން ރާއްޖެއިން ބޭރުން އައި ދެ މީހުން ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 13،274 އަށް އަރާފައެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 629 ކޭސް އެވެ. މި ބަލިން 12،591 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 68 މީހަކަށެވެ. މި ބަލީގައި 47 މީހަކު ވަނީ ނިޔާވެފައެވެ.