Last Updated: June 15, 18:01
Sunday, June 15, 2025
ވިޔަފާރި

ގަތަރު އެއާވޭސް އިން ރާއްޖެ އަށް ކުރާ ދަތުރުތައް އިތުރުކޮށްފި

ގަތަރު އެއާވޭސް އިން ރާއްޖެ އަށް ކުރާ ދަތުރުތައް އިތުރުކޮށްފި އެވެ.

އެމްއޭސީއެލް އިން ބުނީ މީގެކުރިން ހަފްތާއަކު ދެ ފްލައިޓް ބާއްވަމުންދިޔަ ނަމަވެސް މިއަދުން ފެށިގެން އެ އަދަދު ތިނެކަށް ބަދަލުކޮށްފައިވާ ކަމަށެވެ. މި ބަދަލާއެކު ގިނަ އަދަދަކަށް މީހުން ރާއްޖެ އަންނާނެ ކަމަށް އުއްމީދު ކުރާ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު، ގިނަ އެއާލައިންތަކުން ވަނީ ރާއްޖެ އަށް އަލުން ދަތުރުތައް ފަށާފައެވެ. އެގޮތުން މިހާތަނަށް 25 ފްލައިޓެއް އަންނަނީ ރާއްޖެ އަށް ދަތުރުކުރަމުންނެވެ.

ބޯޑަރު ހުޅުވިފަހުން ރާއްޖެ އަށް މިހާތަނަށް ވަނީ 90،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.