Last Updated: June 15, 18:01
Sunday, June 15, 2025
ޚަބަރު

ނައިބު ރައީސް އައްޑޫ އާއި ފުވައްމުލަކަށް

ނައިބު ރައީސް އައްޑޫގައި - ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ފައިޞަލް ނަސީމް، އައްޑޫ ސިޓީއަށާއި، ފުވައްމުލަކު ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް މިއަދު ފައްޓަވައިފިއެވެ.

ނައިބު ރައީސްގެ މިދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުން ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އައްޑޫ ސިޓިއަށެވެ.

އެގޮތުން އައްޑޫ އަށް ނައިބު ރައީސް ކުރައްވާ ދަތުރުފުޅުފައި ސ.ހިތަދޫގައި ހުންނަ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެތަނުގެ މެނޭޖްމަންޓާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި، އެމަނިކުފާނު ސ. ހުޅުދޫއަށް ޒިޔާރަތްކުރައްވާ އެރަށުގައި ޤާއިމުކުރާ ޑިޓޮކްސިފިކޭޝަން ސެންޓަރުގެ އިމާރާތުގެ ބިންގާ އަޅުއްވާދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ނައިބު ރައީސް ދެން ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ފުވައްމުލަކު ސިޓީއަށެވެ. އެމަނިކުފާނު ފުވައްމުލަކަށް ކުރައްވާ ޒިޔާރަތުގައި، އެރަށުގެ ވެމްކޯ ވޭސްޓް ކަލެކްޝަން ސެންޓަރާއި، އެރަށުގެ މަގު ހެދުމުގެ ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރިޔަށްދާގޮތް ބައްލަވައިލެއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އެމަނިކުފާނު ފުވައްމުލަކު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާ، އެތަނުގެ މެނޭޖްމަންޓާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ނައިބު ރައީސްގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިރޭ މެންދަމުގެ ވަގުތެއްގައެވެ.