Last Updated: June 15, 18:01
Sunday, June 15, 2025
ޚަބަރު

ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް، ތިން މީހަކު ޒަހަމްވެއްޖެ

އަލިފާނުގެ ހާދިސާ ހިނގި ދޯނި - ފޮޓޯ: އެމްއެންޑީއެފް

މ.ކޮޅުފުށީގެ 26 މޭލު ބޭރުގައި އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ތިން މީހަކު ޒަހަމްވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ "ވިލާ ވާލި" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި ހުރި ޕެޓްރޯލް ހަމެއްގައި އަލިފާން ރޯވެ، ތިން މީހަކު ޒަހަމްވުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެގޮތުން އެ ތިން މީހުން މ.މުލި ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި ދޯނީގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާއިރު، އަލިފާން ނިއްވާލީ ދޯނީގެ ފަޅުވެރިންނެވެ.

މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 9:00 ހާއިރު ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.