Last Updated: June 16, 10:30
Monday, June 16, 2025
ޚަބަރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ ދެ ބޯޓު ފެނިއްޖެ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ ދެ މަސް ބޯޓު ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ލ.އިސްދޫ މުލީގެ 87 ނޯޓިކަލް ބޭރު ބޭރުން މަސްވެރިކަން ކުރަމުންދިޔަ ދޯންޏަކަށް އެ ސަރަހައްދުން ބޭރުގެ ދެ މަސް ބޯޓު ފެނިފައިވާ ކަމަށެވެ.

އަދި އެކަން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑުގެ ސްކޮޑްރަން އަށް ރިޕޯޓު ކުރުމުން މިހާރު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެމްއެންޑިއެފުން ބުނެއެވެ.

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު ހަވީރު 17:05 ހާއިރު އެވެ.