Last Updated: June 16, 09:28
Monday, June 16, 2025
ޚަބަރު

ކޮމަންޑޫ ބަނދަރުގެ މަސައްކަތް ނިމުމަކާ ގާތަށް

ށ.ކޮމަންޑޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 95 ޕަސެންޓު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫގައި މިހާރު ކުރިއަށްދަނީ ލައިޓް ޕޯސްޓް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 29.41 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 08 ޑިސެމްބަރ 2019 ގައެވެ.