Last Updated: June 16, 10:17
Monday, June 16, 2025
ވިޔަފާރި

އެމިރޭޓްސް އިން ރާއްޖެ އަށް ކުރާ ދަތުރުތައް އިތުރުކޮށްފި

އެމިރޭޓްސް އިން ރާއްޖެ އަށް ކުރާ ދަތުރުތައް އިތުރުކޮށްފި އެވެ.

އެމްއޭސީއެލް އިން ބުނީ މީގެކުރިން ހަފްތާއަކު ދެ ފްލައިޓް ބާއްވަމުންދިޔަ ނަމަވެސް މި މަހުގެ 11 އިން ފެށިގެން އެ އަދަދު ތިނެކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެމިިރޭޓްސްގެ އިތުރުން ދާދިފަހުން ގަތަރު އެއާވޭސް އިން ވެސް ވަނީ ރާއްޖެއަށް ހަފްތާއަކު ތިން ފްލައިޓް ބާއްވާ ގޮތަށް ހަމަޖައްސާފައެވެ.

މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު، ގިނަ އެއާލައިންތަކުން ވަނީ ރާއްޖެ އަށް އަލުން ދަތުރުތައް ފަށާފައެވެ. އެގޮތުން މިހާތަނަށް 25 ފްލައިޓެއް އަންނަނީ ރާއްޖެ އަށް ދަތުރުކުރަމުންނެވެ.

ބޯޑަރު ހުޅުވިފަހުން ރާއްޖެ އަށް މިހާތަނަށް ވަނީ އެއް ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.