Last Updated: June 16, 09:49
Monday, June 16, 2025
ޚަބަރު

އާޒިމާގެ މަންމަ އަވަހާރަވެއްޖެ

ކުރީގެ ރައީސް އޮފީހުގެ ލީގަލް އެފެއާޒު މިނިސްޓަރ އާޒިމާ ޝަކޫރު، ފޮޓޯ: ރާއްޖެއެމްވީ

ކުރީގެ ބަންޑާރަ ނާއިބް އާއިޝަތު އާޒިމާ ޝަކޫރުގެ މަންމަ، ފާތިމަތު ހުސައިން އަވަހާރަވެއްޖެ އެވެ.

ފާތިމަތު ހުސައިން އަވަހާރަވީ މިއަދު ހެނދުނު އެވެ. ފާތިމަތު ހުސެއިންގެ ޖަނާޒާ މިއަދު އަސުރު ނަމާދަށްފަހު އާސަހަރާގަައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ފާތިމަތު ހުސެއިންގެ ބޭފުޅުންގެ ތެރޭގައި ކުރީގެ ހައުސިން މިނިސްޓަރު އާތިފާ ޝަކޫރު އާއި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރު ހިމެނިވަޑައިގަންނަވައެވެ.