Last Updated: June 16, 09:49
Monday, June 16, 2025
ޚަބަރު

އާ ރެކޯޑެއް، އެއް ދުވަހެއްގައި 3000 އަށްވުރެ ގިނަ ފަތުރުވެރިން

ރާއްޖެ އަށް އިއްޔެ އެކަނިވެސް 3000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު އިއްޔެ 3،864 ފަތުުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. އަދި މި މަހުގެ އެކަކުން އިއްޔެގެ ނިޔަަލަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 27،416 އަށް އަރާފައެވެ. އިއްޔެ އަކީ ބޯޑަރު އަލުން ހުޅުވާލުމަށްފަހު އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެ އައި ދުވަހެވެ.

ބޯޑަރު ހުޅުވާލި ފަހުން އައި މީހުންގެ ޖުމްލަ އަދަދު 103،557 އަށް އަރާފައިވާއިރު، މިއަހަރުގެ ޖެނުއަރީން އިއްޔެގެ ނިޔަލަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 486،404 އަށް އަރާފައެވެ.

އެގޮތުން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރަޝިއާއިން އައިސްފައިވާއިރު، އިއްޔެގެ ނިޔަލަށް ރަޝިއާއިން 21،856 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މީގެ އިތުރުން އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން އައި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމުތަކަކީ އިނގިރޭސިވިލާތް، އެމެރިކާ، ޔޫއޭއީގެ އިތުރުން ޖަރމަނީ، ޔޫކްރެއިން، ފްރާންސް، ސްޕެއިން އަދި ބްރެޒިލްއެވެ.