މ.މުލީގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފިއެވެ.
މި ކަލެކްޝަން ސެންޓަރ ހުޅުވައިދެއްވީ މުލަކު އަތޮޅު ކައުންސިލުގެ ރައީސް، އައްޝައިޚް ޔޫސުފް ސިދުޤީއެވެ.
އެ އޮފީހުން މީރާގެ މައި އޮފީހުން ދެމުންދާ ހުރިހާ ހިދުމަތްތައް ވެސް ލިބޭނެ ކަމަށް މީރާ އިން ބުނެ އެވެ. އެގޮތުން ވިޔަފާރިތައް މީރާގައި ރަޖިސްޓްރީ ކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކުހުގެ ފައިސާއާ މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާއި ގުޅުންހުރި މައުލޫމާތު ބޭނުންވާ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް މީރާ އިން ބުނެ އެވެ.
މީރާގެ އޮފީސްތައް 17 އަތޮޅެއްގައި ވަނީ ގާއިމްކޮށްފަ އެވެ.