ކިންގްޑަމް އޮފް އެސްވާޓީނީގެ ބޮޑުވަޒީރު އެމްބްރޯސް މަންޑްވުލޯ ޑްލަމިނީ އަވަހާރަވުމާ ގުޅިގެން އެސްވާޓީނީގެ އެސްވާޓީނީގެ ރަސްގެފާނު މްސްވަޓީ III އަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެ، މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސްގެ މެސެޖުގައި، ބޮޑުވަޒީރު އެމްބްރޯސް މަންޑްވުލޯ ޑްލަމިނީ އަވާހަރަވުމުގެ ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމުގައި ވިދާޅުވެ، އެސްވާޓީނީގެ ތަރައްޤީއާއި ހަމަޖެހުމަށް ބޮޑުވަޒީޒު ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްޕުޅު ފާހަގަކުރެއްވިއެވެ.
އަދި، އެސްވާޓީނީގެ ބޮޑުވަޒީރު އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ރައްޔިތުންނާއި ސަރުކާރާއި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެސްވާޓީނީގެ ރަސްގެފާނަށާއި، ރައްޔިތުންނަށާއި، ޚާއްޞަކޮށް ބޮޑުވަޒީރުގެ ޢާއިލާގެ ބޭފުޅުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.