Last Updated: June 16, 17:07
Monday, June 16, 2025
ޚަބަރު

މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 11 މީހުން

ހުޅުމާލެ މެޑިކަލް ފެސިލިޓީ - ފޮޓޯ: އައިޖީއެމްއެޗް

މިއަދު ރާއްޖެއިން 11 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 7 މީހަކާއި، އަތޮޅުތެރެއިން އެކަކު އަދި ރިސޯޓަކުން ތިން މީހަކު ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 13،379 އަށް އަރާފައެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 593 ކޭސް އެވެ. މި ބަލިން 12،731 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 68 މީހަކަށެވެ. މި ބަލީގައި 48 މީހަކު ވަނީ ނިޔާވެފައެވެ.