Last Updated: June 16, 17:07
Monday, June 16, 2025
ޚަބަރު

ފޯކައިދޫ އާއި ފީވަކު ބަނދަރުގެ މަސައްކަތް ކުރިއަށް

ށ. ފޯކައިދޫ އާއި ށ. ފީވަށް ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ އެންމެފަހުގެ މައުލޫމާތު އެމްޓީސީސީން ދީފިއެވެ.

އެގޮތުން އެމްޓީސީސީން ބުނީ ފޯކައިދޫ ބަނދަރުގެ މަޝްރޫއުގެ 15 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއު މޮބިލައިޒް ކުރެވިފައިވަނީ 17 ސެޕްޓެމްބަރ 2020 ގައެވެ.

އަދި ފީވަށް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 65 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެގޮތުން މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައް ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

މި މަޝްރޫއު މޮބިލައިޒް ކުރެވިފައިވަނީ 13 ސެޕްޓެމްބަރ 2019 ގައެވެ.