Last Updated: June 16, 18:01
Monday, June 16, 2025
ޚަބަރު

އެމްޑީޕީ އަށް ސެކްރެޓަރީ ޖެނެރަލެއް ހޯދަނީ

އެމްޑީޕީން ބޭއްވި އެއްވުމެއްގެ ތެރެއިން --

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު ހޯދުމަށް އެ ޕާޓީން އިއުލާންކޮށްފިއެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި މިވަގުތު ހުންނެވީ އަނަސް އަބްދުއްސައްތާރެވެ. އަނަސްގެ ދައުރު މިހާރު ހަމަވެފައިވާއިރު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ނިކުންނަވާނީ އަނަސް އެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި އެ މަގާމުގެ ޝަރުތެއްގެ ގޮތުގައި ހިމަނާފައިވަނީ މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ހުރިކަން ސާބިތުކޮށްދިނުމާއެކު، ޔުނިވާރސިޓީ ޑިގްރީއެއް ލިބިފައިވުމުގެ އިތުރުން ހިންގުމުގެ ތަޖުރިބާ ލިބިފައިވާ އެމްޑީޕީގެ މެންބަރެއް ކަމުގައި ވުމެވެ.

މި މަގާމުގެ މުސާރައަކީ ދެ ފަރާތުން އެއްބަސްވާ އަގެކެވެ.

އެމްޑީޕީން ވަނީ މިމަޤާމަށް ކުރިމަތިލާން ބޭނުންވާ ޝަރުތު ފުރިހަމަވާ ފަރާތްތަކުން މި މަހުގެ 23 ވަނަ ދުވަހުގެ މެންދުރު 2:00 ނިޔަލަށް، އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓް (ހ. ޝަރާޝާ، މާލެ 2 ވަނަ ފަންގިފިލާ) އަށް ސިޓީއާއި ވަނަވަރު ހުށަހެޅުމަށް އެދިފައެވެ.