Last Updated: June 16, 18:01
Monday, June 16, 2025
ޚަބަރު

ގަވާއިދާއި ހިލާފަށް އުޅޭ 8700 އަށްވުރެ ގިނަ ބިދޭސީން ފޮނުވާލައިފި

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް - ފޮޓޯ: އިމިގްރޭޝަން

ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ ތެރެއިން މިހާތަނަށް 8700 އަށްވުރެ ގިނަ މީހުން ފޮނުވާލެވިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 8741 މީހުން އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ. މި އެންމެންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.

ފޮރިން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އާއި މޯލްޑިވްސް އިމިގްރޭޝަން އާއި މޯލްޑިވިއަން ގުޅިގެން ކުރިއަށްގެންދާ މި އޮޕަރޭޝަނުގައި ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން އަނބުރާ ޤައުމަށް ދާން ބޭނުންވެފައި ތިބި މީހުންގެ ތެރެއިން 10،000 އަށް ވުރެ ގިނަ މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.

ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާއިރު ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 20،000 މީހުން އަނބުރާ ގައުމަށް ފޮނުވާލުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން މިހާތަނަށް 13،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން ދެވަނަ އަށް އެންމެ ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ.