Last Updated: June 16, 18:01
Monday, June 16, 2025
ޚަބަރު

ހުޅުދެލި ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

ދ.ހުޅުދެލި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ އެންމެފަހުގެ މައުލޫމާތު އެމްޓީސީސީން ދީފިއެވެ.

އެމްޓީސީސީން ބުނީ ހުޅުދެލި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މި މަޝްރޫޢު އަވަހަށް ނިންމުމަށްޓަކައި، އިތުރު ރިސޯސަސް ޕޮރޮޖެކްޓް ސައިޓަށް މިހާރު ގެންދެވިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 45,585 ކިއުބިކް މީޓަރުގެ ސަރަޙައްދު ފުންކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި އެ ރަށުގައި 432 މީޓަރުގެ ބަނދަރެއް ހެދުމަށްވަނީ ހަމަޖެހިފައެވެ. އަދި 277 މީޓަރުގެ ބޭރު ތޮއްޓެއްލުމަށްވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ބަނދަރު ސަރަހައްދު ހިމާޔަތް ކުރުމަށް 60 މީޓަރުގެ ގްރޮއީންސް ޖެހުމަށާއި 60 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށް ނިންމައިފައެވެ. އަދި ޕޭވްމަންޓް ހެދުމާއި ބަނދަރުގައި ލައިޓްތައް ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތަށް 39.8 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް އެމްޓީސީސީން ލަފާ ކުރެއެވެ.