ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 95 ޕަސެންޓު މީހުން ބަލިން ރަނގަޅުވެއްޖެއެވެ.
އެޗްޕީއޭ އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި 13،402 މީހުންގެ ތެރެއިން 12،784 މީހުން މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ އިންސައްތަ ވަނީ 95.39 އަށް އަރާފައެވެ.
ކޮވިޑަށް ރާއްޖެއިން އިއްޔެ ޕޮޒިޓިވްވެފައިވަނީ 10 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 7 މީހަކާއި އަތޮޅުތެރެއިން އެކަކު އަދި ރިސޯޓަކުން ދެ މީހެކެވެ.
ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 561 ކޭސް އެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 54މީހަކަށް ކަމަށްވާއިރު 48 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.