Last Updated: June 16, 18:01
Tuesday, June 17, 2025
ދުނިޔެ

މެކްރޮން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ފްރާންސްގެ ރައީސް އެމެނުއަލް މެކްރޮން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ފްރާންސްގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މެކްރޮން ޓެސްޓު ކުރީ ބަލީގެ އަލާމާތްތަކެއް ފެނުމާ ގުޅިގެން ކަމަށާއި އެގޮތުން ނަތީޖާ އައިއިރު ބައްޔަށް ޕޮޒިޓިވް ކަމަށް ދައްކާފައިވާ ކަމަށެވެ.

ކޮވިޑަށް ޕޮޒިޓިވް ވުމުން ހަތް ދުވަހުގެ މުއްދަތަކަށް މެކްރޮކް އައިސޮލޭޝަނުގައި ހުންނަވާނެ ކަމަށާއި ނަމަވެސް ސަރުކާރުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ފްރާންސްގައި މިހާތަނަށް 2.4 މިލިއަން މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 59،000 އަށް ވުރެ ގިނަ މީހުން ވަނީ މި ބަލީގައި އެގައުމުން މަރުވެފައެވެ.

ކޮވިޑާއި ގުޅިގެން ފްރާންސްގައި ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު، މި މަހުގެ ފަހުކޮޅު ކޮވިޑް ވެކްސިން ޖަހަން ފަށަން އެގައުމުން އަންނަނީ ތައްޔާރުވަމުންނެވެ.