Last Updated: June 16, 18:01
Tuesday, June 17, 2025
ވިޔަފާރި

އެއާ ފްރާންސްގެ ދަތުރުތައް ރާއްޖެ އަށް ފަށަނީ

އެއާ ފްރާންސް އިން ރާއްޖެ އަށް ކުރާ ދަތުރުތައް ފެށުމަށް ހަމަޖެހިއްޖެއެވެ.

މޯލްޑިވްސް އެއާޕޯޓްްސް ކޮމްޕެނީ ލިމިޓެޑުން (އެމްއޭސީއެލް) އިން ބުނީ އަންނަ ހޮނިހިރު މި އެއާލައިންގެ ދަތުރުތައް ފަށާއިރު އެ އެއާލައިނުން ކޮންމެ ހަފްތާއަކު ތިން ދުވަހު ރާއްޖެ އަށް ދަތުރުކުރާނެ ކަމަށެވެ.

މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު، ގިނަ އެއާލައިންތަކުން ވަނީ ރާއްޖެ އަށް އަލުން ދަތުރުތައް ފަށާފައެވެ.

ބޯޑަރު ހުޅުވިފަހުން ރާއްޖެ އަށް މިހާތަނަށް ވަނީ އެއްލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި މިއަހަރުގެ ޖެނުއަރީން މިއަދުގެ ނިޔަލަށް ރާއްޖެ އަށް ވަނީ ޖުމްލަ ފަސް ލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.