Last Updated: June 16, 18:01
Tuesday, June 17, 2025
ޚަބަރު

ގަމު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ފަށައިފި

ސީޓީ ސްކޭންގެ ހިދުމަތް ފެށުން - ފޮޓޯ: ގަމު ހޮސްޕިޓަލް

ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ދޭން ފަށައިފިއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނީ މި މަހުގެ ތިންވަނަ ދުވަހު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ އެ ހޮސްޕިޓަލްގެ ސީ.ޓީ ސްކޭންގެ ޚިދުމަތް އިފްތިތާޙް ކޮއްދެއްވާފައި ކަމަށެވެ.

އެގޮތުން ފުރަތަމަ ބަލިމީހާގެ ސްކޭން މިއަދު ވަނީ ކުރެވިފައި ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި މިއަދުން ފެށިގެން އެ ހޮސްޕިޓަލުން ސީ.ޓީ ސްކޭންގެ ޚިދުމަތް ދެމުންގެންދާނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ގަމު ހޮސްޕިޓަލުގައި ސީޓީ ސްކޭން މެޝިނެއް ބެހެއްޓީ މިދިޔަ އޮކްޓޫބަރު މަހުގެ ކުރީކޮޅުއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލްގައި ސީ.ޓީ ސްކޭންގެ ޙިދުމަތް ފެށުމަކީ ރައީސް ސޯލިހުގެ ވައުދެކެވެ.