އެމިރޭޓްސް އިން ރާއްޖެ އަށް ކުރާ ދަތުރުތައް އަނެއްކާވެސް އިތުރުކޮށްފި އެވެ.
އެމްއޭސީއެލް އިން ބުނީ މީގެކުރިން ހަފްތާއަކު ތިންް ފްލައިޓް ބާއްވަމުންދިޔަ ނަމަވެސް މިއަދުން ފެށިގެން އެ އަދަދު ހަތަރަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދަދު އިތުރުކުރުމުން އެމިރޭޓްސްގައި ރާއްޖެ އަށް 1400 އަށް ވުރެ ގިނަ ސީޓް ހާއްސަކޮށްފައިވާނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.
އެމިިރޭޓްސްގެ އިތުރުން ދާދިފަހުން ގަތަރު އެއާވޭސް އިން ވެސް ވަނީ ރާއްޖެއަށް ހަފްތާއަކު ތިން ފްލައިޓް ބާއްވާ ގޮތަށް ހަމަޖައްސާފައެވެ.
މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު، ގިނަ އެއާލައިންތަކުން ވަނީ ރާއްޖެ އަށް އަލުން ދަތުރުތައް ފަށާފައެވެ. އެގޮތުން މިހާތަނަށް 25 ފްލައިޓެއް އަންނަނީ ރާއްޖެ އަށް ދަތުރުކުރަމުންނެވެ.
ބޯޑަރު ހުޅުވިފަހުން ރާއްޖެ އަށް މިހާތަނަށް ވަނީ އެއް ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.