Last Updated: June 17, 13:35
Tuesday, June 17, 2025
ޚަބަރު

މާފުށީގައި ބަހައްޓަން އުޅުނު ކްރިސްމަސް ގަހެއް ފުލުހުން ނަގައިފި

ކްރިސްމަސް ފާހަގަކުރުމުގެ ގޮތުން ކ.މާފުށީގައި ބަހައްޓަން އުޅުނު ކްރިސްމަސް ގަހެއް ފުލުހުން ނަަގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ 20:33 ހާއިރު އެރަށުގައި ހުންނަ ކާނި ބީޗް ގެސްޓްހައުސް ބޭރުގައި، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާ ފުށުއަރާ ގޮތަށް ކްރިސްމަސް ގަހެއް ބަހައްޓާފައިވާ ކަމުގެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން އެ ގަސް ނެގުމަށް ފުލުހުން މެދުވެރިވެގެން ކުރި މަސައްކަތް ނާކާމިޔާބު ވެފައިވާ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ.

އެހެންކަމުން ކޯޓު އަމުރެއްގެ ދަށުން އެ ގަސް ފުލުހުންގެ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.