Last Updated: June 17, 18:14
Tuesday, June 17, 2025
ޚަބަރު

ބިދޭސީންގެ ބަދަލުގައި ގިނަ އަދަދަކަށް ދިވެހި ޓީޗަރުން ހޯދަނީ

ހުޅުމާލެ ރެހެންދި ސްކޫލް

ބިދޭސީ ޓީޗަރުންގެ ބަދަލުގައި ގިނަ އަދަދަކަށް ދިވެހި ޓީޗަރުން ހޯދަން އިއުލާނުކޮށްފި އެވެ.

އެގޮތުން ބިދޭސީ ޓިޗަރުންގެ ބަދަލުގައި ދިވެހި ޓިޗަރުން ހޯދުމަށް ޖުމުލަ 18 ސްކޫލަކުން ވަނީ އިއުލާންކޮށްފައެވެ.

އެގޮތުން މި މަގާމުތަކަށް ހޮވޭ ޓީޗަރުންނަށް 7070 ރުފިޔާއާއި 10640 ރުފިޔާއާއި ދެމެދުގެ އަދަދަކަށް މުސާރަ ދިނުމަށް ވަނީ ނިންމާފައެވެ. އަދި ސާވިސް އެލަވެންސްގެ ގޮތުގައި 2500 ރުފިޔާއާއެކު އެހެނިހެން އެލަވެންސްތައް ވެސް ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ ،30 ޑިސެމްބަރ 2020 އާއި 07 ޖެނުއަރީ 2021 އާ ދެމެދު، މަގާމު އޮތް ސްކޫލެއްގެ އޮފީހެއްގަ އެވެ.

މަގާމަށް އެދި ހުށަހަޅަންޖެހޭނީ ސެޕްޓެމްބަރު 10 ވާ އަންގާރަ ދުވަހުގެ މެންދުރު 1:00ގެ ކުރިން، މަގާމް އޮތް ސްކޫލަކަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅޭނެ ކަމަށް މިނިސްޓްރީ އިން ބުނެ އެވެ.

ސްކޫލްތައް މިވަގުތު އޮތީ ފުރަތަމަ ޓާމް ޗުއްޓީގައި ކަމަށްވާއިރު، ދެވަނަ ޓާމްގެ ކިޔެވުން އަންނަ މަހުގެ 10 ވަނަ ދުވަހު ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ.