Last Updated: June 17, 18:14
Tuesday, June 17, 2025
ޚަބަރު

ފަހާތަނަކުން ފައިސާތަކެއް ވަގަށް ނެގި މީހަކު ހޯދަނީ

ފަހާތަނަކުން ފައިސާތަކެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން ވީޑިއޯއެއް އާންމުކޮށްފިއެވެ.

ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ މީހާއަކީ މި މަހުގެ 5 ވަނަ ދުވަހުގެ ވަގުތެއްގައި ސޯސަންމަގު އިބްރާހިމް މިސްކިތް ކައިރީގައި ހުރި ފަހާތަނަކުން ފައިސާތަކެއް ވަގަށް ނަގާފައިވާކަމަށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.

އެހެންކަމުން އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 472199 އެވެ.

ފުލުހުން ވަނީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.