Last Updated: June 17, 18:14
Tuesday, June 17, 2025
ޚަބަރު

ޝަޒައިލަށް ތުހުމަތުކުރާ މަނީ ލޯންޑަރިންގެ މައްސަލަ ފުލުހަށް

ޝަޒައިލް ޝިޔާމް

މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ޝިޔާމްގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލަ ތަޙްޤީޤު ކުރުމަށް އޭސީސީން ފުލުހުންނަށް ހުށަހަޅައިފިއެވެ.

ޝަޒާއިލްގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވިފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ކޮރަޕްޝަންގެ މައްސަލައިގެ ތަހްޤީޤުގެ ތެރެއިން ކަމަށް އޭސީސީން ހާމަކުރެއެވެ.

އޭސީސީން ދަނީ ޝަޒާއިލްގެ މައްޗަށް ތުހުމަތު ކުރެވޭ، ފައިސާގެ މުޢާމަލާތް ހިންގުމުގައި އޮޅުވާލި މައްސަލައަކާއި މުވައްޒަފުން ނެގުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކުރި މައްސަލައަކާއި މަރާމާތުގެ މަސައްކަތެއްގައި ހިންގި ކޮރަޕްޝަންގެ މައްސަލައެއް ތަޙްޤީޤު ކުރަމުންނެވެ.

މި މައްސަލަތަކާއި ގުޅިގެން އޭނާ ސަސްޕެންޑްކޮށްފައި ހުންނަތާ މިހާރު ވަނީ އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެންގޮސްފައެވެ.

ޝަޒައިލް ސަސްޕެންޑް ކުރިއިރު މޯލްޑިވްސް ގޭހުން އަގުބޮޑުކޮށް ސަޕްލަޔަރެއްގެ އަތުން ގޭސް ގަންނަ މައްސަލައެއް ރައްޔިތުން މަޖިލީހުގެ އެސްއޯއީ ކޮމިޓީއިން އަންނަނީ ބަލަމުން އެވެ.

މޯލްޑިވް ގޭހުގެ އެމްޑީގެ މަގާމަށް ޝަޒައިލް އައްޔަން ކުރައްވާފައިވަނީ މިދިޔަ ޖެނުއަރީ ހަވަނަ ދުވަހުއެވެ.