Last Updated: June 17, 18:14
Tuesday, June 17, 2025
ޚަބަރު

މަސްވެެރިން ނިކަމެތިވީ ޕީޕީއެމްގެ ސިޔާސީ ބާރު ގެއްލުމުން

މަސްވެެރިން ނިކަމެތިވީ ޕީޕީއެމްގެ ސިޔާސީ ބާރު ގެއްލުމުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވީ ފެލިވަރުގައި މަސްވެރިން ކުރަމުން އަންނަ އިހުތިޖާޖާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ޖަމީލު ވިދާޅުވީ މަސްވެެރިން ނިކަމެތިވީ ޕީޕީއެމްގެ ސިޔާސީ ބާރު ގެއްލުމުން ކަމަށާއި އިޤްތިޞާދަށް ވާނުވާ ނޭނގޭ ބަޔަކަށް މަސްވެރިންގެ މައްސަލަތައް ހައްލުނުކުރެވޭނެ ކަމަށެވެ.

"މަސްވެރިން ހާލުގައި ޖެހުމަކީ ޤައުމަށް ލިބޭ އެންމެ ބޮޑު ގެއްލުން. ހުރިހާ ބާރެއް ލިބުމުން ހަމަ އަގު ނުދިން. ހައްލަކީ ވޯޓުން ސަރުކާރު ބަލިކުރުން" ޖަމީލު ވިދާޅުވިއެވެ.

މަސްވެރިން ކުރަމުން އަންނަ އިހުތިޖާޖުގައި މަސްވެރިން އަންނަނީ މަހުގެ އަގު 20 ރުފިޔާއަށްވުރެ ދަށް ނުވާވަރަށް ދެމެހެއްޓުމާއި، ފެލިވަރުން މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެގޮތް ހަމަޖައްސައި ދިނުމަށާއި އަދި ދުވަހުން ދުވަހަށް މަސް ކިރޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ގޮވާލަމުންނެވެ.

އަދި މި ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި ބައްދަލުކުރަން ބޭނުންވާ ކަމަށްވެސް މަސްވެރިން އަންނަނީ ބުނަމުންނެވެ.