Last Updated: June 17, 18:14
Tuesday, June 17, 2025
ޚަބަރު

މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 23 މީހުން

މީހަކު ކޮވިޑަށް ޓެސްޓު ކުރަނީ: ފޮޓޯ / ސަން

މިއަދު ރާއްޖެއިން 23 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 14 މީހަކާއި، އަތޮޅުތެރެއިން ދެ މީހަކާއި ރިސޯޓުތަކުން ހަތް މީހުން ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 13،524 އަށް އަރާފައެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 509 ކޭސް އެވެ. މި ބަލިން 12،960 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 41 މީހަކަށެވެ. މި ބަލީގައި 48 މީހަކު ވަނީ ނިޔާވެފައެވެ.