Last Updated: April 26, 20:24
Friday, April 26, 2024
ވިޔަފާރި

277 ޓޫރިސްޓުންނާއެކު ޔުކްރޭން އެއާލައިންސް އިން ދަތުރުތައް ފަށައިފި

277 ޓޫރިސްޓުންނާއެކު ޔުކްރޭން އެއާލައިންސް އިން ރާއްޖެ އަށް ދަތުރުތައް މިއަދު ފަށައިފިއެވެ.

ޔޫކްރެއިން އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ޔޫކްރެއިންގެ ވެރިރަށް ކިއެވްއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. މި އެއާލައިނުން ރާއްޖެއަށް ބާއްވާ ދަތުރުތައް އަންނަ މަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

މި އެއާލައިންސްގެ ދަތުރުތައް މިއަދު ފަށާފައިވާއިރު، ފުރަތަމަ ފްލައިޓުގައި ރާއްޖެއަށް 277 ފަތުރުވެރިން ވަނީ އައިސްފައެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު ގިނަ އަދަދެއްގެ އެއާލައިންތަކުން ރާއްޖެ އަށް މިހާރު ވަނީ އަލުން ދަތުރުތައް ކުރަން ފަށާފައެވެ.