Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ޖޭޕީގެ ކައުންސިލް މެމްބަރު ލަކުޑި ސޭޓް ނިޔާވެއްޖެ

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ވިޔަފާރިވެރިޔާ އިބްރާހިމް ހަސަން (ލަކުޑި ސޭޓް) ނިޔާވެއްޖެއެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އާއިލީ ގޮތުން ގުޅުން އޮންނަ ލަކުޑި ސޭޓް ނިޔާވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އޭނާގެ ޖަނާޒާ މިއަދުގެ އަސްރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޖޭޕީގެ އިސް ބޭފުޅަކު ވިދާޅުވީ ލަކުޑި ސޭޓަކީ ޖޭޕީ އަށް އިޚްލާސްތެރި ކަމާއިއެކު އެތަށް މަސައްކަތްތަކެއް ކޮށްދިން އަގުހުރި ބޭފުޅެއް ކަމަށެވެ. އެގޮތުން އެކުވެރި ސަމާސާ މިޒާޖުގެ އެ އެކުވެރިޔާ މިއަދު ވަކިވެގެން ދިއުމަކީ ލިބުނު ބޮޑު ހިތާމައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އުމުރުން 65 އަހަރުގެ ލަކުޑި ސޭޓް ނިޔާވިއިރު އަނބިކަނބަލަކާއި ފިރިހެން ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ.