Last Updated: April 18, 22:36
Friday, April 19, 2024
ކުޅިވަރު

ކުޅުން ދަށްވުމުން މާޒިޔާގެ ކޯޗުކަމުން ނިޒާމްބެ ވަކިވެއްޖެ

މާޒިޔާގެ ކޯޗުކަމުގެ މަގާމުން މުހައްމަދު ނިޒާމް (ނިޒާމްބެ) ވަކިވިކަން އިއުލާންކޮށްފިއެވެ.

ނިޒާމްގެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ރޭ ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިޔާ އާއި ދެކޮޅަށް ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި މާޒިޔާގެ ފަރާތުން ފެނުނު ކުޅުމަށްފަހު މަގާމުން ވަކިވާން ނިންމާފައިވާ ކަމަށެވެ.

ނިޒާމްބެ ވަނީ ފާއިތުވި މަސްތަކުގައި ކުރެވުނު މަސައްކަތާއި މާޒިޔާ މެނޭޖްމަންޓާއި ކުޅުންތެރިންނަށް ބެހެއްޓި ގާތްކަމަށް ޝުކުރު އަދާކޮށް ކުރިއަށް އޮތް ތަނުގައި މާޒިޔާ އަށް ކާމިޔާބީއަށް އެދިފައެވެ.

ރޭގެ މެޗުން އެއްވަރުވި ނަމަވެސް 7 ޕޮއިންޓާ އެކު މާޒިޔާ އޮތީ ލީގުގެ އެއްވަނައިގައެވެ. ލީގުގައި މިހާތަނަށް މާޒިޔާ އިން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން އެޓީމު މޮޅުވިއިރު އަނެއް މެޗު ވީ އެއްވަރެވެ.

ނަމަވެސް ސީޒަން ހުޅުވުމަށް ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ ވަނީ 3-2 އިން އީގަލްސް އަތުން ބަލިވެފައެވެ.