Last Updated: July 12, 05:49
Saturday, July 12, 2025
ދުނިޔެ

ކޮވިޑްގެ އާ ސްޓްރެއިން ޕާކިސްތާނުން ވެސް ފެނިއްޖެ

އިނގިރޭސިވިލާތުގައި ފެތުރެމުންދާ ކޮވިޑް-19 ގެ އާ ސްޓްރެއިން ޕާކިސްތާނުން ވެސް ފެނިއްޖެއެވެ.

ޕާކިސްތާނުގެ ހެލްތް ޑިޕާޓްމެންޓުން ބުނީ ޔޫކޭ އިން އެނބުރި އައި 12 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓްކޮށްފައިވާ ކަމަށާއި އޭގެތެރެއިން ހަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވިއިރު ތިން ސާމްޕަލަކުން ކޮވިޑްގެ އާ ވޭރިއަންޓް ފެނިފައިވާ ކަމަށެވެ.

އަދި ޖީނޯޓައިޕިން ޓެސްޓުން ޔޫކޭއިން ފެންނަ ވޭރިއަންޓުގެ 95 އިންސައްތަ ޕާކިސްތާނުން އަލަށް މި ފެނުނު ވޭރިއަންޓާ ދިމާވާ ކަމަށާއި އެމީހުންގެ ސާމްޕަލްތައް އިތުރަށް ޓެސްޓް ކުރުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް އެ ޑިޕާޓްމެންޓުން ބުނެއެއެވެ.

"ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރިއަށް. އަދި އެމީހުންގެ ކޮންޓެކްޓްވި ބައެއް މީހުން މިހާރު ތިބީ އައިސޮލޭޝަނުގައި" ބުނެފައިވެއެވެ.

ޔޫކޭ އިން ފެނުނު ކޮވިޑްގެ އާ ސްޓްރެއިން ޔޫރަޕްގެ އެކި ގައުމުތަކުން ވެސް ފެންނަމުންދާއިރު، އެގައުމުތަކުން އަންނަނީ ޔޫކޭގެ ފްލައިޓުތައް ވަގުތީ ގޮތުން އައުން މެދުކަނޑާލަމުންނެވެ.