Last Updated: April 18, 06:09
Thursday, April 18, 2024
ވިޔަފާރި

ބޯޑަރު ހުޅުވިފަހުން 3000 އަށްވުރެ ގިނަ ފަތުރުވެރިން މާފުއްޓަށް

ކ.މާފުށި

ގެސްޓްހައުސްގެ ވިޔަފާރި ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ކ.މާފުއްޓަށް ބޯޑަރު ހުޅުވުނުފަހުން 3000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދުކޮށްފައިވަނީ މިދިޔަ މާރޗުމަހުގެ 17 ވަނަ ދުވަހުއެވެ. އަދި އަލުން ގެސްޓްހައުސްތައް ހުޅުވާފައިވަނީ މިދިޔަ އޮކްްޓޫބަރު މަހުގެ 15 ވަނަ ދުވަހު އެވެ.

މާފުށި ހެލްތު ސެންޓަރުން ބުނީ ބޯޑަރު ހުޅުވުނުފަހުން މާފުއްޓަށް 3000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. މިހާތަނަށް 26 ފަތުރުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވިއިރު، އެކްޓިވް ކޭސްގެ ގޮތުގައި އެ ރަށުގައި 11 ކޭސް އުޅޭ ކަމަށް މާފުށި ހެލްތު ސެންޓަރުން ބުނެއެވެ. އަދި ރަށުގެ ތެރޭގައި ކޮމިއުނިޓީ ސްޕްރެޑެއް ނެތް ކަމަށްވެސް ބުނެފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން މިހާތަނަށް 230 އަށް ވުރެ ގެސްޓްހައުސްއެއް ހުޅުވުމުގެ ހުއްދަ ވަނީ ދޫކޮށްފައެވެ.

މާފުއްޓަކީ ލޯކަލް ޓޫރިޒަމް ރާއްޖޭގައި އެންމެ ފުޅާކޮށް ކުރާ އެއް ރަށް ކަމަށްވާއިރު، ރާއްޖޭގެ އެންމެ ބޮޑު ގެސްޓްހައުސް ވެސް މިހާރު ހުރީ މާފުށީގައެވެ.