Last Updated: March 29, 13:37
Friday, March 29, 2024
ވިޔަފާރި

އެޕަލްގެ ރާއްޖޭގެ އޮތޮރައިޒްޑް ރީސެލަރކަން އެލް މޯބައިލް އަށް

އެޕަލްގެ ރާއްޖޭގެ އޮތޮރައިޒްޑް ރީސެލަރކަން އެލް މޯބައިލްއަށް ލިބިއްޖެއެވެ.

މިކަމާ ގުޅޭގޮތުން އެލް މޯބައިލްސް ޑިރެކްޓަރ ހުސެއިން އަބްދުﷲ "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރާއްޖޭގައި އެޕަލްގެ ޕްރޮޑަކްޓްތަކަށް އޮންނަ ޑިމާންޑް ބޮޑު ކަަމަށާއި އޮތޮރައިޒްޑް ރީސެލަރކަން ލިބުނީ އެޕަލްއާ ވަރަށް ގިނަ ދުވަހު ވާހަކަ ދައްކައިގެން ކަމަށެވެ.

މިއާއި އެކު އެލް މޯބައިލް އިން އެޕަލްގެ ޕްރޮޑަކްޓްތައް ގަތުން އަގު ހެޔޮވެ، އެޕަލްގެ ވޮރެންޓީ ރާއްޖެއިން ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެޕަލް އިން ކަނޑައަޅާ ދުވަހުގައި ކަނޑައެޅޭ ޚިދުމަތެއް ނޫނީ ބާޒާރެއް ނެރޭ ޕްރޮޑަކްޓެެއް ރާއްޖެއިން ވެސް ލިބިގެންދާނެކަމަށް ހުސެއިން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި މިފަދަ މަޝްހޫރު ތަނެއްގެ ރީސޭލް އައުޓްލެޓެއް ހުޅުވިގެންދިއުމަކީ ވަރަށް ވެސް ބޮޑު ކުރިއެރުމެެކެެވެ. އެގޮތުން މީގެ ސަބަބުން ރާއްޖޭގައި އެޕަލް ބްރޭންޑްގެ އުފެއްދުންތަކަށް އޮންނަ މަގުބޫލުކަން އިތުރުވެ ބޭނުންކުރާ ފަރާތްތަކަށް އިތުރު ފަސޭހަތައް ލިބިގެންދާނެއެވެ.