Last Updated: April 19, 19:29
Friday, April 19, 2024
ވިޔަފާރި

އަހަރުގެ ފުރަތަމަ ދުވަހު ރާއްޖެ އައީ 1،916 ޓޫރިސްޓުން

އަހަރުގެ ފުރަތަމަ ދުވަހު ރާއްޖެ އަށް 1900 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އިއްޔެ ރާއްޖެ އައިސްފައިވަނީ 1916 ޓޫރިސްޓުން ކަމަށެވެ. މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒު ހިފާފައިވާއިރު ވަނީ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔާފައެވެ.

އަންނަ އަހަރުގެ އޮކްޓޫބަރުގައި ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭތީ އެކަމާ ގުޅޭ ހަރަކާތްތައް ވެސް އިއްޔެ ވަނީ ފަށާފައެވެ.

މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް 555213 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިިނިސްޓްރީން ބުނެއެވެ. އެގޮތުން ބޯޑަރު ހުޅުުވާލިފަހުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 172366 ފަތުރުވެރިންނެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއަށްވަނީ 96225 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ ބޯޑަރު ހުޅުވާލި ފަހުން އެއް މަސް ދުވަސްތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ މަހެވެ.