Last Updated: April 26, 10:52
Friday, April 26, 2024
ރިޕޯޓް

ހިނގަފެލެ މިކަމާއި ވިސްނަލާއް.!

އައްޑޫލިންކު ރޯޑު، ފޮޓޯ: އަޒީމް ނަޖުމީ

އަފިންނަކީ އެސް މިކޯ ތަންދޮރަ އެނގި ދުނިޔެ ހިނގާލެކާއި އެއްތެތި އޮޅުން ފިލާވަރަށް ރޯފަލައި އަދި ތަފާތު ވަސީލަތްތަކާއި އެނުނަސް އެހެން ގޮތްތައް ކަން ކަން ހިގާގޮތް އެނގޭ މީހާ.

އަފިރިންގެ މި އަތޮޅަކީ އަސް ނިލާހިކަސް ފާހަގަވޭ ކަންކަން ތާރީޚީ ގޮތުން ހިނގަފެއިވޭތާން. ބައިނަލްއަގުވާމީ ގޮތުނަސް އަދި ރާއްޖޭގެ ތާރީޚީ ނަޒަރަކުން ބަލާފެހޭ އަސް. އިނގިރޭސިން ގެ ދުވަސްވަރި އަފިރިން ބައެއް މީހުންގެ ކާފާމެން ފަދަ މީހުން ގަމި އިނގިރޭސިންގެ ތަންތަނި ވަޒީފާ އަދާކެރުމުގެ އެތެރެ ހިނގަފެއިވޭ ހާދިސާތަކުގެ ވާހަކަ ދުވަހަށް ހަނދާނުން ނިފަލާހެއް. އެކޯ ކަދުން އަފިރިންގެ ތެރެއިން މީހާ ދަސްކޮށްގަތާ ވިޔަފާރިކެރަށާއި މެހެންގޮސް ތަފާތު ޚިދުމަތްތަކުން ލާރި ހޯދާނެ އުކުޅުތައް. އެކަމަކި އަސްލު ހަގީގަތި އަފިރިންގެ ރަށުން މިކޯ މިކަހަލުގެ ކުލަވަރަށް ތެބެ ފެނެއި އެންމެ ހިތްހަމަޖެހޭ ވަރަށް؟

އައްޑޫ އަތޮޅަކީ މި ރާއްޖޭ އަސް އޮތް އެންމެ ބޮނޑަ އަތެޅެތަކުގެ އެތެރެއިން އެއް އަތެޅެ. އެގޮތުން މި ދިގި ހިތަދޫ އިން ގޮސް ގަމާއި ހަމާށް މީ މިއަތެޅެ އެންމެ ބޮނޑަ އެއް ސަރަހައްދު. މީ އެއްލެހެކި އެސް ސިޔާސީ ވެގެން ވަކި އަތަކަށް ޖެހިގެން ބާކިންގެ ދިފާއުގައި އެސް އަދި ބާކިން ކުށްވެރިކެރާށަސް ދައްކާ ވާހަކާއްނުން.

އެކަމަކި އަފިރިންގެ ރަށި އެއާޕޯޓް އަށް އަލަށް މިރާއްޖެއިނަސް ބޯޓަށް ޖެއްސިކޯ އަދަ މިތާން ޖައްސަނީ ހައިއްކަ ބޯޓު އެކަމަކި ރާއްޖެ ތެތިބިއޭ އެހެން އެއާޕޯޓް ދެވާލަކި އެތައް ޕްރައިވެޓް އަގަބޮނޑަ ޖެޓް ޖައްސާތަންތަން. ރަށްރަށުން ލިބޭއްޖެހޭ އާއްމު ވަސީލަތްތަކަސް އަފިރިން ރަށުން ލިބޭށީ ވިންދި ވިންދަށް.

އެހެން ބޭނާއްމިޖެހޭ ސަބަބުގެ ކުދު މިސާލަކަށްބަލާފެހޭ މިރަށި މަގަތަކަށް ބަލަމާ. ޒުވާނުންގެ ހިތްހަމަޖެހުމަށް ހަދަފެއި ތިބި ޔޫތް ސެންޓަރަ ތަކަށްބަލަލަމާ. ތަނަކި އެއްތަށް ހަލާކި ވީފެހޭ ހަފްތާއްވޭތާން އެތަނަކުން އެލިބޭއްޖެހޭ ޚިދުމަތަށް ނިލިބޭހެއް. މީ އަސް އެކަމަކި ބޮނޑަ ސިޓީއަށް.

ދެން ނަސީބަކުން އެތަށް އަހަރަތަކަށްފަހަށް ބައިނަގުވާމީ ބަނދަރަށް ރަށި އެޑަފެއި އާއްމުންނަށް ފާއިދާއްތެބެވެއި. އެކަމަކި ދެންތިބޭ އެހެނިހެން މުހިއްމު ކުދު ކަންކަން މިއޮންނެއި ބުރުއަރަފެއި. ރަށި ތިބޭ މެދެ މިންވަރި މީހުންނަށް އާމްދަނީ ލިބޭނެ ގޮތްތައް ފޯރާ މީހުން ޖެހޭއްހޯދައިދޭ އެވެންރިންގެ ފޯރުކަންތެރިވަރަކުން. އެކަމަކި އަފިރިން އަތޮޅެ ގިނަމީހުން މިކަލަސް ބަލަނީ ގޮސް މާލޭއިން ތަންކެޑައްލިބޭތޯ.

އެތަނި ބާޒާރަ މައްތަށާއި މަޖީދީ މަގި ތިބި ފިހާރަތަކަށް ބަލަލީމެއި ފެނޭނެއި ގިނައިން އައްޑޫ މީހުންތަންތަން. އެކަމަކި އެދުވެހި އަފިރިން އަމެއްލާ އަފިރިން ރަށްތަރައްގީކޮށްގެން މިތަން ބިނާކެރި އެއްތެއްނާ މިކޯ އެއްކަލަ މާލެއަށް އެހެން މީހުން ގޮސް ވިޔަފާރި ފައްޓާއޭ އުސޫލުން އޭނެއި މިރަށަށް. ކަންކަން ހިނގާތަން ފެނޭއްފެއްޓިމެއި ކޮންމެ ބާކިންނަސް ބޭނުންވޭ ހަމަ މިރަށި އަސް އެވެރިންގެ ތަންތަން ހުޅުވާއް. ބިންބޮނޑަ އެންމެންނަށަސް އެނގޭތާން މީ. ގާބިލުމީހާ ތެތިބިއެ ކަންކަން ވޭފެންވަރުގެ.

ރަށަކި އުމްރާނީ ތަރައްގީ އަށް އެންމެ ބޮނޑަ އެއް މަސައްކަތައް ކެރާއްޖެހޭނެއި އެރަށަކި ދިރިވޭނޑޭ ރައްޔިތުން. ސަރުކާރު އަހައްމިއްޔަތު ކެރުމާއި ސަރުކާރަށް ކަންކަމަށް ބާރައެޑުމުގެ އިތިރިން އަފިރިން އަމެއްލާށަސް ވޭހެއް ކަންކަން ކެރާއް ބައެއްކަންކަން. އޭގެ ހެއްކަށް މިސާލަކަށް ކަނބިހާ ބީޗް އަކީ އެސް.

ކޮންމިޔެސް އެހެކާ އިސްނާގެން އެންމެން އެއްބާރުލުންދެރެގެން ކެރާއް ފެއްޓިމެއި ސަރުކާރަށް މަޖުބޫރުވޭހެއް އެކަމަށް މަގަ ފަހިކޮށްދޭއް. އެއްލެހެކި އެސް ސަރުކާރުގެ މަސްއޫލިއްޔަތާއި ޒިންމާތަކުން ސަރުކާރު ބަރީއަތްކޮށްފެއި ވާހަކަ ދައްކަނީއައް ނުން އެކަމަކި ގިނަ ކަންކަން މިއޮންނެއި ނިވެ ސަރުކާރަށް ބަރޯސާވެގެން ތިބިމެއި.

ރާއްޖެ އެހެން ރަށްރަށި އެސް އަމެއްލަ މީހުން ނުކުމެ ކެރާ ކަންކަން މާ ބޮނޑަށަސް އެރަށަކި ތިބޭ ރައްޔިތުން ބަލަގަނުތާ. މާ ހިތްގައިމު. އަފިންނަސް ވެނީ މަޑަމަޑުން އެ ވިސްނުމާއި ފިކުރުގެ ދަށުން އެންމެން އެކެތިގަނޑަކަށްވެގެން އަފިރިންގެ މިރަށާއި އަތެޅަށް ކަންކަން ކެރާއް.

މާބައިވަރަ ފާއިސާ އާއި ލާރި އައްނެތަސް އެންމެން ކެރާކަމަކި ވަސީލަތްތައް ހޯދާށާއި ބޭނުންވޭ ކަންކަން ވެވޭ ވަރުގެ އެ ގާބިލްކަން ހިށި އެ ފެންވަރުގެ މީހާ މިރަށި ރައްޔިތުންނަކީ.

މޮލަކި ބޭފުޅަކާ ސައިކަލަށް ހެދިކޯ އޭއަސް ހަމަ މިއަތެޅަށާއި މި ރާއްޖެއަށް ލިބެނެ ފަޚުރަށް. މިފަދަ ކަންކަމުން ނަމޫނާ ހޯދަގެން އަފިންނަށް ވޭނެ ކަންކަން ތިބޭހެއް. ހޯދައި ވިސްނަގެން ފިކުރުކެރާ ބާކިންނަށް ފެނޭނެ ކިތަންމެ މަގަތަކާއި ގޮތްތައްވޭހެއް.

އެހެންކަމުން އުއްމީދަކީ އަފިންނަސް ކުރިއަށް މުސްތަގުބަލި އަމެއްލާއް އަމެއްލަ ރަށް ކުރިއެރުވޭނެ ގޮތްތަކަށް ހޯދައި ބަލާހެއްކަމަށް. ނިވޭނެ ކަންކަމުގެ ވާހަކާއް ނުންކަންމީ އެންމެންނަށަސް އެނގޭހެއް ރާއްޖޭ ތާރީޚަށް ބެލިމެއި އަސް. އަދި މީ ޓެކްނޮލޮޖީ އެއި ވަސީލަތްތަކާއި އަދި މައުލޫމާތު ބޭނުންވަރަކަށް ހާސިލް ވޭނެ އެތައް ގޮތަށް އޮތް ޒަމާނާއް. އެންމެންނަށް މިމޭރުމުން ކުދުކޮށް ހަމަޖެހިގެން ވިސްނަލީމެއި ކަންކަން ވޭއްފައްޓާހެއް. ޔަގީން.