Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ފުލުހުންގެ ތަހުގީގަށް ބިދޭސީއަކު ހޯދަނީ

ފުލުހުންގެ އިދާރާއިން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ބިދޭސީއަކު ހޯދުމަށް އިއްލާންކޮށްފިއެވެ.

ފުލުހުން ބުނީ ސެންޓަރަލް ޕޮލިސް ޑިވިޜަންގެ ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދަނީ އުުމުރުން 21 އަހަރުގެ ބަނގުލަދޭޝް، މުހައްމަދު އަމީނުލް އިސްލާމްކަމަށެވެ.

މުހައްމަދު އަމީނުލް އިސްލާމާގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 9791814 އަށް ގުޅުއްވައި ހިއްސާ ކުރުމަށްވެސް ފުލުހުންގެ އިދާރާއިން ވަނީ އެދިފައެވެ.

މިހާތަނަށް އައިސް މިގޮތަށް ހޯދަން ހުށައެޅޭ ފަރާތްތައް ހޯދުމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެކަމަށް އެއިދާރާއިން ވަނީ ޝުކުރު ދަންނަވާފައެވެ.