Last Updated: April 19, 21:23
Friday, April 19, 2024
ޚަބަރު

ގަނޑުކޮށްފައި ހުންނަ ތަކެތި ބެހެއްޓުމުގައި ސަމާލުވާން އަންގައިފި

ރާއްޖޭގެ ފިހާރަތަކަށް ވިއްކަން ގެނެސް ބަހައްޓާފައި ހުންނަ ކާބޯތަކެތީގެ ބާވަތްތަކުގެ ފިނިހުހޫނުމިން ހުންނަންޖެހޭ ކަނޑައެޅޭ މިންވަރަށް ވުރެ ދަށްކޮށް މިހާރަކަށް އައިސް ހުންނާތީ އެފަދަ ކަންކަމަށް ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސް ކޮށްފި އެވެ.

އެ އޮތޯރިޓީ އިން މިހެން ބުނެފައިވަނީ ކާބޯތަކެތި ރައްކާކޮށް ވިއްކާ ތަންތަނަށް ގޮސް ނެގި ސާމްޕަލްތަކަށް ބަލާފައި ހެދި ތަހުލީލުތަކުން ހުންނަންޖެހޭ ވަރަށް ވުރެ ދަށް ކޮށް ޓެމްޕަރޭޗަރ ހުރުމުންނެވެ. އަދި ގިނަތަންތަނުން ބަލަަހައްޓަން ޖެހޭ އެދޭވޭ މިންގަނޑެއްގައި ފިނިހޫނުމިން ބެެލެހެއްޓިފައި ނުުވާކަމަށް ވެސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ވަނީ ހާމަކޮށްފައެވެ.

އެ އޮތޯރިޓީން ބުނީ ގަނޑުކުރި ކާބޯތަކެއްޗަކީ ކަނޑައެޅިފައިވާ ވަކި ފިނިހޫނުމިނެއްގައި ބަހައްޓަންޖެހޭ ތަކެތި ކަމުން އޭގެ ފިނިހޫނުމިނަށް ބަދަލު އަތުވެއްޖެނަމަ އޭގެ ފެންވަރާއި ރައްކާތެރިކަން ގެއްލިގެންދާނެ ކަމަށާއި އަދި މިއީ އާއްމު ސިއްހަތަށް ނުރައްކާވާ ކަމަކަށްވާތީ މިފަދަ ތަކެތި ރައްކާކޮށް ގުދަން ކުރުމާއި އަދި ވިއްކަން ބެހެއްޓުމުގައި ސަމާލުވުމަށް ކާބޯތަކެތި ވިއްކާ ފަރާތްތަކަށް ވަނީ އިލްތިމާސްކޮށްފައެވެ.

ގަނޑުކުރި ކާބޯތަކެތީގެ ފިނިހޫނުމިން -18°C ސެލްސިއެސް އަށް ވުރެ މަތިނުވާނެ ގޮތަކަށް އަދި ފިނިކުރި ކާބޯތަކެތި 0-5°C ސެލްސިއެސް އާ ދެމެދުގައި ބެހެއްޓުމަށް ވެސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ވަނީ ހާމަކޮށްފައެވެ.