Last Updated: April 19, 19:29
Friday, April 19, 2024
ޚަބަރު

2040 ގެ ތަސައްވުރާ ގުޅޭ ދެ ފޮތެއް ރައީސަށް ހަދިޔާކުރައްވައިފި

’ވިޝަން 2040‘ އަދި ’2040 ވަޓް ވުޑް އިޓް ބީ ލައިކް؟‘ ގެ ނަމުގައި 2040 ގެ ތަސައްވުރާ ގުޅޭގޮތުން ދިވެހި ކުޑަކުދިންތަކެއް ލިޔެފައިވާ ދެ ފޮތެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް އުގައިލް ފައުންޑޭޝަނާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)ގެ ފަރާތުން ހަދިޔާކުރައްވައިފިއެވެ.

މިދެ ފޮތް ލިޔެ އެކުލަވާފައިވަނީ އުގެއިލް ފައުންޑޭޝަންގެ ކިޑްސް ސާކަލް ގައި ހިމެނޭ ދަރިވަރުންތަކެކެވެ. އެގޮތުން "ލައިފް އިން 2040" ފޮތަކީ ހަތް އަހަރާއި 10 އަހަރާ ދެމެދުގެ އެކުދިން 2040 ވަަނަ އަހަރު ދުނިޔޭގެ ތަސަައްވުރާއި ބެހޭ ގޮތުން ދެކޭ ގޮތް ހިމަނައިގެން ލިޔެފައިވާ ފޮތެކެވެ. އަދި އަދި "2040 ވަޓް ވުޑް އިޓް ބީ ލައިކް" ފޮތަކީ 11 އަހަރާއި 14 އަހަރާ ދެމެދުގެ ކުޑަކުދިންތަކެއް ހަމަ މި ވިސްނުމުގެ މައްޗަށް ބިނާކޮށް ލިޔެ އެކުލަވާލާފައިވާ ފޮތެކެވެ.

މި ފޮތްތައް ލިޔުމުގައި ރާއްޖޭގެ އެކި ހިސާބުތަކުން 400 އަށް ވުރެ ގިނަ ކުދިންގެ ޚިޔާލު ހޯދާފައިވާކަމަށް އުގެއިލް ފައުންޑޭޝަން އިން ވަނީ މައުލޫމާތު ދެއްވާފައެވެ. އަދި މި ފޮތުގެ ހުރިހާ މަސައްކަތްތަކަކީ ވެސް ހަމަ ކުޑަ ކުދިންގެ ޚިޔާލު ހޯދައިގެން ކޮށްފައިވާ މަސައްކަތްތަކެއް ކަަމަށް ވެސް އުގެއިލް ފައުންޑޭޝަން އިން ވަނީ ހާމަކޮށްފައެވެ.