Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

އެޗްޑީސީ ބޯޑުގެ މެންބަރުންގެ އަދަދު އިތުރުކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް(އެޗްޑީސީ) ގެ ބޯޑަށް މެންބަރުން އިތުރުކޮށްފިއެވެ.

އެޗްޑީސީގެ ބޯޑަށް އަލަށް އިތުރުކުރި މެންބަރުންގެތެރޭގައި،ގްރޭޓާރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް(ޖީއެމްއައިޒެޑްއެލް) ގެ ބޯޑުގައި ހިމެނިވަޑައިގެންނެވި މެންބަރެއްކަމަށްވާ މަރްޔަމް ޝަވާދިންއާއި، ޖީއެމްއައިޒެޑްއެލްގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި އެޗްޑީސީގެ މިހާރުގެ ސީއީއޯ ޝާތިރު ޢަބްދުއްރަޙްމާން ހިނެއެވެ.

އަދި މިއާދު އާއި، ޢަބްދުލްމުންނިމް މުޙައްމަދު މަނިކާއި، މުޙައްމަދު ޖަލާލް ވެސް ބޯޑަށް އަލަށް އިތުރުކުރެއްވި މެމްބަރުންގެ ތެރޭގައި ހިމެނެއެވެ.

އެޗްޑީސީގެ ބޯޑުގައި މިހާރު ޖުމްލަ 11 މެމްބަރުން ތިއްބަވައެވެ.