Last Updated: April 26, 16:59
Friday, April 26, 2024
ވިޔަފާރި

ވަން ބާޒާރު: މާލޭގެ ހޯލްސޭލް ވިޔަފާރިއަށް ތަފާތު ފިހާރައެއް

ސިބްކޯގެ ފަރާތުން "ވަން ބާޒާރު"ގެ ނަމުގައި ތަފާތު ކޮންސެޕްޓެއްގެ ހޯލްސޭލް މާޓެއް މާލޭގައި މިއަދު ހުޅުވައިފިއެވެ.

ސިބްކޯ އިން ބުނީ މި ފިހާރަ މެދުވެރިކޮށް ދުނިޔޭގެ އެކިކަންކޮޅުތަކުން އިމްޕޯޓްކޮށްފައިވާ ކޮލިޓީ ރަނގަޅު އަދި ގިނަ ބާވަތްތަކެއްގެ މުދާ އެއްފުރާޅެއްގެ ދަށުން އެކަށީގެންވާ ހެޔޮއަގެއްގައި ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.

އެގޮތުން އާންމުކޮށް ހުންނަ ހޯލްސޭލް ވިޔަފާރިތަކާއި ޚިލާފަށް ވަން ބާޒާރަކީ ޖާގައިގެ ގޮތުން ތަނަވަސް އަދި ޒަމާނީ ވިޔަފާރިއާ ގުޅޭގޮތަށް ކަސްޓަމަރުން މާޓަށް ޒިޔާރަތްކޮށް ހަރުތައް ބަލައިލާ އެބޭފުޅަކު ޚިޔާރުކުރައްވާ މުދާ ސީދާ ނެންގެވޭނެ ގޮތަށް ހުޅުވާލެވިފައިވާ މާޓެއް ކަމަށް ސިބްކޯ އިން މައުލޫމާދެއެވެ.

ފާމުދޭރިމަގުގައި ހުންނަ މ. ގްލޯރީ އާގޭގައި ވަން ބާޒާރު ހުޅުވިފައި ހުންނާނީ ހެނދުނު 9 އިން ރޭގަނޑު 9 އަށެވެ.

ސިބްކޯއަކީ ފުޅާދާއިރާއެއްގައި ފާއިތުވި 5 އަހަރު ތެރޭގައި ރާއްޖޭން ބޭރުން ގިނަ ބާވަތްތަކެއްގެ މުދާ އިމްޕޯޓްކޮށް ރާއްޖޭގެ އެކިކަންކޮޅުތަކަށް މުދާ ފޮނުވަމުންދާ ކުންފުންޏެކެވެ. އެ ކުންފުނީގެ ޕްރީމިއަމް ބްރޭންޑްތަކުގެ ތެރޭގައި އަލްމުދިޝް، ފްރެޝް، މަމީޕޮކޯ ޕޭންޓްސް، ޑެޑީ ނޫޑްލްސް، ޑިއުރަސަލް، ފަލަކް، ގުޑްޑޭ، ނެސިއޮނާލް، ސެލްޕަކް، ޓެޓްލީ އަދި ވޮންޑާ ހިމެނެއެވެ. ސިބްކޯގެ ހޯލްސޭލް ފިހާރަތައް ހުޅުވިފައި ހުންނަނީ މާލެ، ފުވައްމަލައް އަދި އައްޑޫ ސިޓީގައެވެ.

މީގެ އިތުރުން މިދިޔަ އަހަރު އެކުންފުނީގެ ފަރާތުން ފެމިލީ ގްރޯސަރ ނަމުގައި ޖަނަވަރީ މަގުގައި ޒަމާނީ ސުޕަރމާޓެއް ހުޅުވާފައިވެއެވެ. ވަން ބާޒާރަކީ އެ ކުންފުނިން ރާއްޖޭގައި ހުޅުވި ފަސް ވަނަ ފިހާރައެވެ.