Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ދެއްވަދޫ، ފޮނަދޫ، އަދި ގަމު ސްކޫލް މާދަމާ ބަންދު

ގއ. ދެއްވަދޫ އާއި ލ. ފޮނަދޫއިން ކޮވިޑު ކޭސް ތަކެއް ފެނުމާއި ގުޅިގެން، ދިރާަސީ އާ އަހަރުގެ ކިޔެވުން ދެއްވަދޫ، ފޮނަދޫ އަދި ލ. ސްކޫލްގައި ނުބާއްވަން ނިންމައިފިއެވެ.

މި ތިން ރަށުގެ ސްކޫލްތައް ބަންދުކޮށްފައިވަނީ ކޮވިޑުގެ ޕޮޒިޓިވް ކޭސް ތަކާއި ގުޅިގެން ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް ކޮންޓެކްޓު ޓްރޭސިން ހަދަމުންދާތީއެވެ.

އެޗްޕީއޭއިން ވަނީ ގއ. ދެއްވަަދޫއަށް ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން ދަތުރުކޮށްފައިވާ ފަރާތްތައް އެންގުމަށް އެދިފައެވެ.

އެޗްޕީއޭ އިން ބުނީ ދެއްވަދޫއިން މިމުއްދަތުގައި ގޮސްފައިވާ ފަރާތެއްވާނަމަ، ސާމްޕަލްނަގާ ނެގެޓިވް ނަތީޖާ ލިބެންދެން، ކަރަންޓީނުގައި ތިބުމަށް އެދޭ ކަމަށެވެ.

30 ނޮވެމްބަރ އަށް ފަހު ގއ. ދެއްވަދޫއިން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެ ހިޔާ ފްލޫ ކްލިނިކް، ހުޅުމާލޭ ފުލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެގުމަށާއި އަދި ނެގެޓިވް ނަތީޖާ ލިބެންދެން، ކަރަންޓީނުގައި ތިބުމަށް ވެސް އެޗްޕީއޭ އިން ވަނީ އެދިފައެވެ. މާލޭގެ ސާމްޕަލް ނަގާ ތަންތަން މިރޭ 12 ޖަހަންދެން ހުޅުވާފައި ހުންނާނެއެވެ.

30 ނޮވެމްބަރުގެ ފަހުން ގއ. ދެއްވަދޫއިން އެހެން ރަށްރަށަށް ދަތުރުކުރައްވާފައިވާ ފަރާތްތަކުން ސާމްޕަލް ނަތީޖާ ނުލިބެނީސް ސްކޫލަށް، މަސައްކަތަށް އަދި އެހެނިހެން ކަންކަމުގައި ބޭރަށް ނުނުކުންނެވުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ޑިސެމްބަރ 25 ގެ ފަހުން ގއ. ދެއްވަދޫއިން ދަތުރުކޮށްފައި އައި ފަރާތެއްނަމަ (ދެއްވަދޫއިން އައިތާ 14 ދުވަސް ހަމަނުވާނަމަ)، މިހާރު ޓެސްޓް ކުރުމުގެ އިތުރުން ދެއްވަދޫއިން ދަތުރު ކުރިތާ 14 ދުވަސް ފުރިހަމަ ވަންދެން ކަރަންޓީނުވާން ޖެހޭނޭ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި ކަރަންޓީނު ނިމުމަށްފަހު ޓެސްޓްކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ތިބުމަށް ވަނީ އެދިފައެވެ.