Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު އަދުރޭ

އަދުރޭ ހިތްވަރުގަދައެއް ނޫން، ހަޔާތް ކުޑައީ: ނިހާދު

އިދިކޮޅު ޕީއެންސީގެ ލީޑަރ އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) އަކީ ހިތްވަރުގަދަ މީހެއް ނޫންކަމަށާއި، އެއީ ހަޔާތްކުޑަ މީހެއްކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

މަތިމައްޗަށް ދައުވާ ކުރިއަސް އަދުރޭ ނުސިހޭނެ ކަމަށް ބުނެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ކުރެއްވި ޓްވީޓަށް ރައްދު ދެއްވަމުން ނިހާދު ވިދާޅުވީ ކެރުމަކީ ފެންނަ ކޮންމެ މީހަކާއި ހަޑި ހުތުރު ބަހުން މުހާތަބުކޮށް އަވަގުރާނަ ގޮވުން ކަމަށް ވާނަމަ އެއީ ކެރުން ނޫން ކަމަށާ އެއީ ހަޔާތްކުޑަ، ގޮތްކުޑަ، ލަދު ކުޑަ، ޖާހިލުކަން ކަމަށެވެ.

އަދުރޭގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކްރިމިނަލް ކޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް ކުރަން އޮތް ދުވަހު، އެ ސަރަހައްދުގައި ހަޑިހުތުރި ބަހުން ވާހަކަ ދައްކައިގެންނެވެ.

އަދުރޭ އަކީ ޓީވީ ޕްރޮގްރާމްތަކުގައިވެސް ބޭއަދަބީ ބަހުން ވާހަކަފުޅު ދައްކަވާ މަޝްހޫރު ބޭފުޅެކެވެ.