Last Updated: April 24, 06:35
Wednesday, April 24, 2024
ޚަބަރު

އިންސާފު ޤާއިމްވެއްޖެނަމަ ސަރުކާރުގެ މަތިފަޑި އެއްކޮށް ފުނޑޭނެ: ޖަމީލު

ރާއްޖޭގައި އިންސާފު ޤާއިމުވެއްޖެނަމަ، ސަރުކާރުގެ މަތިފަޑި އެއްކޮށް ފުނޑޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންސާފަކީ ހަމައެކަނި އެމްޑީޕީގެ ފިކުރަށް ލިބޭ އެއްޗަކަށް ވެފައިވާ ކަމަށާއި ޤައުމުގެ ވެރިކަން ކުރެއްވި ބޭފުޅަކަސް، ފުލުހަކަށް/ސިފައިންގެ މީހަކަށްވިޔަސް ސަލާމަތެއް މިއަދު ނެތް ކަމަށެވެ.

"ޚިޔާނާތްތެރިންނަށް ސަލާމަތް ލިބެނީ ސަރުކާރުގެ ފިކުރުން. އިންސާފު ޤާއިމްވެއްޖެނަމަ ސަރުކާރުގެ މަތިފަޑި އެއްކޮށް ފުނޑޭނެ" ޖަމީލު ވިދާޅުވިއެވެ.

ޖަމީލު މިހެން ވިދާޅުވެފައިވާއިރު އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ މައްސަލަތަކުގެ ޝަރީއަތްތައް ބާރު ސްޕީޑެއްގައި ކޯޓުތަކުގައި އަންނަނީ ހިންގަމުންނެވެ. އެގޮތުން އިދިކޮޅު ކޯލިޝަން ހިންގެވުމާއި މިވަގުތު ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ މައްޗަށް އުފުލާފައިވާ ޝަރީއަތުގެ އަޑުއެހުމެއް މި މަހުގެ 31 ގައި ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފައެވެ.

އެކަމާ ގުޅިގެން އިދިކޮޅުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކޯލިޝަންގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންވާ ބޭފުޅުންނާއި ކޯލިޝަނަށް ނިސްބަތްވެވަޑައިގަންވާ ބޭފުޅުންނާ ގުޅޭ ގޮތުން ތަފާތު ވައްތަރުގެ މައްސަލަތައް އުފައްދާ ދައުވާ ކުރުމަށް ކޯޓުތަކަށް ހުށަހަޅަމުން ގެންދަނީ މިސަރުކާރު ބަލިކަށިވެ ރައްޔިތުންގެ ތާއީދު ގެއްލި ރައްޔިތުންގެ ނަފްރަތު އިތުރުވެ ހަދާނެ ނަހަދާނެ ގޮތެއް ނޭނގޭ ހިސާބަށް ކަންކަން ދިއުމުން ކަމަށެވެ.

"މިވަގުތު ޖުޑީޝަރީގައި އޮތް ސަރުކާރުގެ މެޖޯރިޓީ ބޭނުންކޮށްގެން ކޯޓުތަކަށް ސިޔާސީ ނުފޫޒު ފޯރުވައިގެން މިކޯލިޝަންގެ ވެރިންނާއި ޢާންމު މެންބަރުންނަށް ތަފާތު ދައުވާތައްކޮށް ޙުކުމް ކުރުމުގެ މަސައްކަތްތައް ސަރުކާރުން ކުރިއަށް ގެންދަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މިކޯލިޝަނަށް ލިބިގެންދާނެ ބޮޑު ކާމިޔާބީ ތަޞައްވުރު ކުރެވޭތީ މިކޯލިޝަން ބަލިކަށިކޮށް ބައިބައިކުރުމުގެ މަޤްޞަދުގައި" އިދިކޮޅުން ބުންޏެވެ.