Last Updated: April 19, 22:45
Friday, April 19, 2024
ވިޔަފާރި

އެގްރޯ ކުންފުންޏަށް ދޮންކެޔޮ ވިއްކުމުގެ ފުރުސަތު ދަނޑުވެރިންނަށް

އެގްރޯ ނޭޝަނަލް ކޯޕަރޭޝަނަށް ބޮންތި ރަތްކެޔޮ ވިއްކުމަށް ޝައުޤުވެރިވާ ހުރިހާ ދިވެހި ދަނޑުވެރިންނަށް ފުރުސަތު ހުޅުވާލައިފިއެވެ.

އެ ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ މިކަމަށް އެދޭ ފަރާތް ތަކުން، މި މަހުގެ 20 ގެ ކުރިން އެ ކޯޕަރޭޝަނުގައި ރަޖިސްޓްރީކުރުމަށް އެދޭ ކަމަށެވެ.

އެގޮތުން ވެންޑަރ ރަޖިސްޓްރްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު އީމެއިލް ((info@agronational.mv ކުރުމަށާއި ނުވަތަ އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ހެޑް އޮފީސް (ހ. އޯކިޑް، 8/B ، 8 ވަނަ ފަންގިފިލާ، އަމީރުއަހްމަދު މަގު، މާލެ) އަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

"އެގްރޯ ނޭޝަނަލް ކޯޕަރޭޝަން" މެދުވެރިކޮށް ރާއްޖޭގެ ދަނޑުވެރިންގެ އުފެއްދުންތައް ހަމައަގުގައި ގަނެ އެތަކެތި މާކެޓްކޮށް ވިއްކުމާއި ސަޕްލައި ޗެއިން ތަރައްޤީކުރުމަށް މަސައްކަތްކުރާނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

އެ ކުންފުނި އުފެއްދުމުގެ މައިގަނޑު އަމާޒަކީ ދުރުރާސްތާގެ ކާބޯތަކެތީގެ ޔަޤީންކަން ހޯދައި އިންޕޯޓް ސަބްސްޓިޓިއުޝަންގެ އަމާޒުތައް ޙާސިލްކުރުމާއި ވަޒީފާގެ ފުރުސަތުތަކާއި ޓްރޭޑް ބެލެންސް ފަދަ އިޤްތިޞާދީ ލަނޑުދަނޑިތައް ޙާސިލްކުރުމެވެ. މިއީ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.