Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

އައްޑޫން ފެންނަން އޮތީ ޔާމީންގެ ތަރައްޤީ: ޖަމީލް

އައްޑޫން ފެންނަން އޮތީ ރައީސް ޔާމީންގެ ތަރައްޤީކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިއަދު ވިދާޅުވީ ވެރިކަމާއި މަޖްލިސް ލިބުމުންވެސް އައްޑޫގެ ތަރައްޤީއަށް އެންމެ ލާރިއެއްވެސް ނުލިބު ކަމަށެވެ. އޭގެ ބަދަލުގައި އައްޑޫން ފެންނަން އޮތީ ވީރާނާ ކުރުމާއި ފްލައިން ސްކޫލްގެ މައްސަލަ ކަމަށެވެ.

"އެމްޑީޕީން ކޮންމެ އިންތިހާބަކަށްވެސް ޖަހަނީ އެއް ލަވައެއް ކަމަށެވެ. އެކަމަކު މިދިޔަ 2 އަހަރު ޤަޢުމްވީ ފަޤީރު. ވެރިކަމާއި މަޖިލިސް ލިބުނަސް ރާއްޖެއަށް، ޚާއްޞަކޮށް އައްޑޫއަށް އެންމެ ލާރިއެއްވެސް ނުލިބުނު. ވަޒީފާ/ޕާޓީ މަޤާމެއް ނުދިން، އެކަމަކު ރައީސް
އިބްރާހިމް ސޯލިހުގެ އާއިލާއަށް ހުރިހާ މަޤާމެއް. ޕާޓީގެ ބޮޑުން، މަޖިލީހުގެ އެންމެ މަޤާމެއްވެސް އައްޑޫ ރައްޔިތަކަށް ނޫނީ އާންމު މީހަކަށް ދުލެއްނުކުރި. އައްޑޫ އިން ފެންނަން އޮތީ ރައީސް ޔާމީންގެ ތަރައްޤީ. އެމްޑީޕީގެ ހަމައެކަނި ރަމްޒަކީ ވީރާނާކުރުމާއި ފްލައިން ސްކޫލް" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް މިފަދައިން ވިދާޅުވި އިރު ރައީސް ސޯލިހުގެ ވެރިކަމުގައި އައްޑޫގައި ހިންގަން ވައުދުވި ތަރައްޤީގެ އެއްވެސް މަޝްރޫއެއް އަދި މިހާތަނަށް ފެށިފައި ނުވެއެވެ.