Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު މޫސުން

މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފި

މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ރާއްޖޭގެ ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި އެވެ.

އެގޮތުން މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ޅ. އަތޮޅުން މ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. އެ ސަރަހައްދަށް ޔެލޯ އެލާތް ނެރެފައިވަނީ މެންދުރު 12:00 އިން ހަވީރު 04:00 އަށެވެ.

މީގެ އިތުރުން މެޓް އޮފީހުން ވަނީ ބޮޑޫ ބަޔަކަށް ވައިޓް އެލާޓްވެސް ނެރެފަ އެވެ. އެގޮތުން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. އެސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ މެންދުރު 12:00 އިން ފެށިގެން އިރުއޮށްސި 06:00 އާއި ހަމައަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ އެވަގުތުގައި ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަސް ލަފާކުރެވޭ ކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުންވެސް އެކަށީގެންވާ ކަމަށެވެ.

އެ އިދާރާއިން ބުނެފައިވަނީ ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ ސަރަހައްދަށް ކެރީގެ އަަސަރުކުރާނެކަމަށް ބެލެވޭ ކަމަށެވެ.

އެގޮތުން ވައިޖެހެނީ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި، އުތުރުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 30 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.